
Saturday, November 22, 2008
ރައީސް ނާސިރަށް ސުވަރުގޭގެ ނިޢުމަތް ލައްވާށި، އާމީން

Wednesday, November 12, 2008
ޢިލްމީ ޒުވާން ކެބިނެޓަށް މަރުޙަބާ

އިޞްލާޙުކުރެވުނު ޤާނޫނު އަސާސީގެ ދަށުން އަލަށް އެކުލަވާލެވުނު ޒުވާން ޢިލްމީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މަރުޙަބާ ދަންނަވަމެވެ. ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ތިބޭފުޅުންގެ އިޚްލާސްތެރި ޚިދުމަތް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަމެވެ.
ޢިލްމީ ޒުވާން ކެބިނެޓަށް މަރުޙަބާ
Tuesday, November 11, 2008
މަރުޚަބާ ރައީސް އަންނި މަރުޚަބާ ނައިބުރައީސް ޑރ.ވަޙީދު

މަރުޚަބާ ރައީސް އަންނި މަރުޚަބާ ނައިބުރައީސް ޑރ.ވަޙީދު
Wednesday, October 29, 2008
މައުމޫނުގެ ކިބައިން ދިވެހިން މިންޖުވެއްޖެ. މަރުޚަބާ ދިވެހި ރައްޔިތުން
މަރުޚަބާ ދިވެހި ރައްޔިތުން، މަރުޚަބާ ދިވެހި ރައްޔިތުން
މައުމޫނާއި މެދު ޢަދުލް އިންސާފު ޤާއިމްވުން އެދެން
ވަޠަން އެދޭ ގޮތަށް މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުން ކޮށްދެއްވި އިޚްލާސްތެރި އަދި ބުރަ މަސައްކަތްތަކަށްޓަކައި ހިތުގެ އަޑީން ޝުރުކު ދަންނަވަން. ޝުކުރިއްޔާ =މޫސާ އަންވަރު
މައުމޫނުގެ ކިބައިން ދިވެހިން މިންޖުވެއްޖެ. މަރުޚަބާ ދިވެހި ރައްޔިތުން
Friday, October 24, 2008
ޤައުމީ ފަޚުރަށްޓަކައި މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދަމާ
ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަދި ތިރީސް އަހަރު ވެރިކަން ކޮށްފައި ހުރިމީހަކު އިންތިޚާބަކުން ބަލިވެފައެއް ނެތެވެ. މިފަހަރުގެ އިންތިޚާބުގައި މައުމޫން ބަލިކުރެވިއްޖެނަމަ، އެވެގެންދާނީ ދުނިޔޭގެ ތާރީޚުގައި މެދުނުކެނޑި މިހާ ގިނަ ދުވަހު ވެރިކަންކޮށްފައިވާ މީހަކު، 90% ވުރެ މަތިން ވިދިވިދިގެން 6 ދައުރު އިންތިޚާބު ކާމިޔާބުކޯށްފައިވާ މީހެއްގެ ވެރިކަން، އިންތިޚާބަކުން ބަލިވާ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ދުނިޔޭގެ ރެކޯޑް ފޮަތަށް އަރާނެ ކަމެކެވެ. އޭގެ އިތުރަށް ދިވެހިރާއްޖެ އަށް ޑިމޮކްރަސީގެ އަލިވިލިއްޖެ ކަމަށް މުޅި ދުނިޔެ ހެކިވާނެ ހުއްޖަތަކަށް އެކަން ޥާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޙުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ނަމޫނާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި ދިވެހިރާއްޖޭގެ ނަން ރަންއަކުރުން ފެވިގެންދާނެ ފުރުޞަތަކަށެވެ.
ވުމާއެކު މި ރީތި ފަޚުރާއި ޝަރަފު ދިވެހި ޤައުމަށް ލިބިދިނުމަށްޓަކައިވެސް މައުމޫނުގެ ވެރިކަން ނިންމުމަށް،މި އޮކްޓާބަރ މަހުގެ 28 ވާ އަންގާރަ ދުވަހު، ވަޠަން އެދޭ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް މުޙައްމަދު ނަޝީދު، އަންނި އަށް، ޤައުމީ ރޫޙުގައި ވޯޓު ދިނުމަކީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ކޮންމެ ދިވެއްސަކުވެސް ޤައުމަށް ކޯށްދެވޭނެ އަގުނުކުރެވޭނެ ޚިދުމަތެކެވެ.
ވަޠަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާންދޭން
ވަޠަންގެ އާ ޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން
ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތި ނަން
ވަމާހެ ދާ ބައެއް ކަމަށް ހިތާއެކީ މިރޫޙު ދޭން
ޤައުމީ ފަޚުރަށްޓަކައި މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދަމާ
Sunday, October 19, 2008
އަންނިއަށް ވޯޓު ދޭންވީ އެންމެ މުހިއްމު ސަބަބު ޑީއާރުޕީގެ ޒަޢީމް ހާމަކުރައްވައިފި
ދިވެހިރާއްޖޭގެ ތާރީޚުގައި ރިޔާސީ އިންތިޚާބުގެ އަލަތު ދެވަނަ ބުރެއް ބޯމަތިވަމުން އަންނައިރު އެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ކޮލިފައިވެވަޑައިގެންފައިވާ ތިރީސް އަހަރުވީ އިންސާފެއްނެތް ސަރުކާރުގެ އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް އާއި ވާދަކުރައްވަމުން ގެންދަވާ، ވަތަންއެދޭ އިއްތިހާދުގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދު، އަންނި އަށް ވޯޓު ދޭންވީ އެންމެ މުޙިއްމު ސަބަބު ޑީއާރުޕީގެ ޒައީމް ހާމަކުރައްވައިފިއެވެ.
އިހަށްރޭ ސިޔާސީ ފެންޑާގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޒަޢީމް މައުމޫނު ވަނީ މައުމޫނު އާއި އަންނި އާއި ދެބޭޅުން ކުރެ، ތަފާތު ވިސްނުންތަކުގެ ޚިޔާލު ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅަކަށް ވޯޓު ލެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މިއީ ހަޤީޤަތުގައި މައުމޫނު ވިދާޅުވިޔަސް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނާންވީ ކަމެކެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައުމޫނަށް ވޯޓު އެޅި ރައްޔިތުން ނެވެ.
މިރާއްޖޭގެ ސިޔާސީ ބިމުން މިއަދު ފެންނަ ހަޤީޤަތަކީ ތަފާތު ވިސްނުމާއި ތަފާތު ޚިޔާލަށް ޖާގަ އޮންނާނީ އަންނިގެ ވެރިކަމެއްގައި ކަމެވެ. ތަފާތު ވިސްނުމާއި ތަފާތު ޚިޔާލުގެ ލީޑަރުން ތިއްބެވީ ވަތަން އެދޭ އިއްތިހާދުގައި ކަމެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، ޤައުމީ އިއްތިހާދު (ޕާޓީ)، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް، ދިވެހި ޤައުމީ ޕާޓީ (ޑރ.ހަސަން)، އަދި ސޯޝަލް ލިބަރަލްޕާޓީ މިއަދު މިވަނީ މުޙައްމަދު ނަޝީދުގެ ފަހަތުގައި ފައިތިލަ ޘާބިތުކުރައްވާފައެވެ. މިޕާޓީތަކުގެ ވިސްނުން ތަފާތެވެ. ނަމަވެސް ވަތަން އެދޭ އިއްތިހާދުގެ ކެނޑިޑޭޓް، އަންނި އެގެންދަވަނީ މިދެންނެވި ތަފާތު ޚިޔާލުގެ ތަފާތު ވިސްނުމުގެ ޕާޓީތަކާއި ގުޅިގެން ވަތަން އެދޭ ގޮތަށް މަސައްކަތް ކުރައްވަމުންނެވެ.
މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕީޕަލްސް އެލަޔަންސް، ރީކޯ އިބްރާހީމް މަނިކުގެ އެމްއެސްޑީޕީ، ވެރިއަކު ފެންނާންނެތް ޕީޕަލްސް ޕާޓީ، އަދި ނުއުފަންނަ ފަގީރުކަން ނައްތަލާ ޕާޓީ އާއި ޑީއާރުޕީއަކީ ތަފާތު ބޯތަށީގައި ހުއްޓަސް ހަމަ އެއްރިހައެކެވެ. އެއީ ޑީއާރުޕީގެ ގޮފިތަކެކޭ ބުންޏަސް ދޮގަކަށް ވާކަށް ނެތެވެ.
ޤާސިމް އިބްރާހީމް އާއި ޑރ.ހަސަން ސައީދު ފަދަ މެދުމިނުގެ ސިޔާސަތުތަކަށް ލޯބިކުރައްވާ މަޑުމައިތިރި އިޚްލާސްތެރި ބޭފުޅުން މައުމޫނު ދޫކުރައްވައި އަންނިއާ ގުޅިވަޑައިގަތުމުން އެކަނިވެސް ތަފާތު ޚިޔާލުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރެއްވުމުގައި މައުމޫނު ފޭލްވެވަޑައިގެންފައިވާކަން ދޭހަ ވެއެވެ.
ކުރިއަށް މިއޮތް އިންތިޚާބުގައި އެއްވެސް ފަރާތަކުން ވޯޓު ހިލާލައިފިނަމަ، މި ދިވެހި ޤައުމު "އަތްގަދަ" ފަސްއަހަރެއްގެ ތެރެއަށް ވެއްޓިގެން ދިޔަނުދޭން، ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ރައްޔިތުން ލިބިގަތުމަކީ ޤާނޫނުއަސާސީގެ ރޫހެވެ. އެހިނދު މައުމޫނުގެ "އަތްގަދަ" ކަމުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފަހައްޓާން އުޅުއްވައިފިނަމަ މިޤައުމުގެ ދާޚިލީ ހަމަނުޖެހުން އާއުސްމިނަކަށް އަރައިގެން ގޮސްދާނެއެވެ. މިނިވަން އިންސާފުވެރި ވޯޓަކަށްފަހު ވަތަން އެދޭ އިއްތިހާދުގެ ކެނޑިޑޭޓް، އަންނި އިންތިޚާބު ކާމިޔާބުކުރެއްވުމުން ޤައުމަށް މާސިންގާ ލޮޅުމެއް ނާންނާނެއެވެ. އަންނި އިންތިޚާބު ކާމިޔާބު ކުރެއްވުމުން އަންނާނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. ޙުދުމުހުތާރު ޒަމާންވީ އިންސާފެއްނެތް އަނިޔާވެރި ކަމަކުން ޑިމޮކްރަސީއަކަށް ވާސިލްވުމުގައި ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކަށް ޖާގަ ލިބުމަކީ ޤައުމުގެ މަޞްލަހަތެވެ.
އިހަށްރޭ ސިޔާސީ ފެންޑާގައި މައުމޫނު ވިދާޅުވީ މައުމޫނަށް ވޯޓު ނުދޭންވީ އެންމެ މުޙިއްމު ސަބަބެވެ. ތަފާތު ވިސްނުމުގެ މީހުންނާ ގުޅިގެން މަސައްކަތްކުރެއްވޭނެ ކެނޑިޑޭޓަކީ މުޙައްމަދު ނަޝީދު އަންނި ކަމަށް މިރާއްޖޭގެ ސިޔާސީ ބިން ހެކިވެއެވެ. އެހެންކަމުން ހަމަނުޖެހުމުގެ އިތުރު އުސްމިނަކަށް ފުރުސަތު ނުދީ، މައުމޫނު އެހުންނެވި އުސްމިނުން ހަމަބިމަށް ތިރިކޮށް، ދިވެހި ޤައުމުގެ މަޞްލަހަތަށްޓަކައި، އަންނިއަށް ވޯޓު ދިނުމަށް ދިވެހި ޤައުމުދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ވަޞިއްޔަތް ކުރަމެވެ.
އަންނިއަށް ވޯޓު ދޭންވީ އެންމެ މުހިއްމު ސަބަބު ޑީއާރުޕީގެ ޒަޢީމް ހާމަކުރައްވައިފި
Saturday, October 18, 2008
ބަލަގަ މައުމޫނު އެވެ. އައްޑޫ މީހުންނަކީ ވަޠަނީ ބައެއްކަން މިފަހަރު ދައްކާލާނަމެވެ
އޮކްޓޯބަރ 18 ވީ ހޮނިހިރު ދުވަހުގެރޭ، ސ.ފޭދޫ ގައި އައްޑޫ ރައްޔިތުންގެ ބަޔަކާއި ވާހަކަދައްކަވަމުން، ޑީއާރުޕީގެ ރިޔާސީ ކެނޑިޑޭޓް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވަނީ އައްޑޫ މީހުންނަކީ ވަޠަނީ ބައެއް ކަމަށް ސިފަކުރައްވާފައެވެ. މައުމޫނު ވިދާޅުވީ އައްޑޫ މީހުން ޑރ.ޙަސަނަށް ވޯޓު ދިނީ ވަޠަނީ ރޫޙުގައި ކަމަށެވެ. މިއީ ދެން އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާ ވިޔަސް، އަދި އިންތިޚާބުން ފޭލިވާނެކަން ޔަޤީންވެ ގޮތްހުސް ވިޔަސް، މައުމޫން ދެއްކެވި ވަރަށް "ކަނޑުކޮސް" ވާހަކަފުޅެކެވެ.
އިންތިޚާބުތަކުގައި ވޯޓުދިނުމާއި
އިންތިޚާބުތަކުގައި އެކިއެކި މަޤާމްތަކަށް ކުރިމަތިލުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ބަލައި ތަފާތުކޮށްގެންނުވާނެ ކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ވެއެވެ.
ޑރ.ޙަސަނަށް އައްޑޫއިން ވޯޓު ލިބިލެއްވީ އައްޑޫ މީހަކަށް ވުމުން ކަމަށާއި، އައްޑޫއަށް ނިސްބަތް ނުވާ މީހަކަށް ޑރ.ޙަސަން ވިދާޅުވިޔަސް އައްޑޫ މީހުން ވޯޓު ނުދޭން ޖެހޭ ކަމުގެ ވިސްނުން، މައުމޫނު ނެރުއްވުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ އަލީގައި ޣައިރު ޤާނޫނީ ކުށެކެވެ. އެއީ ރައްޔިތުންގެ މެދުގައި ބައިބަައިވުން އުފައްދައި އަސާސީ ޙައްޤު ލިބުމުގައި ތަފާތުކުރުމުގެ މަޤްސަދުގައި ދައްކަވާފައިވާ ފިތުނަ ފަސާދައަށް މަގުފަހިވާ ވާހަކަފުޅެކެވެ.
މައުމޫނުއެވެ. ގޮތްހުސްވެގެން ރައްޔިތުންގެ ތެރެއަށް ފިޠުނަ ފަސާދައިގެ ޓައިމްބޮމް ނާޅުއްވާށެވެ. އައްޑޫ މީހުންނަކީ ވަޠަނީ ބައެއްކަން މިފަހަރު ދައްކާލާނަމެވެ. އެންމެހާ ދިވެހިންނެކޭ އެއްފަދައިން އައްޑޫ މީހުންވެސް މިވަޠަން ދެކެ ލޯބިވާ ވަރު މިފަހަރު ދައްކާލާނަމެވެ. "ވަޠަން އެދޭ ގޮތަށް" ސާދާ އަޣުލަބިއްޔަތުން ތިބާގެ އިންޞާފެއްނެތް ވެރިކަމުގެ އުސްމިންތަކުން ތިބާ ހަމަ ބިމަށް ތިރިކުރާނަމެވެ. ދިވެހި ޤައުމީ ރޫޙުގައެވެ. ދިވެހި ވަޠަނީ ރޫޙުގައެވެ. ވަޠަން އެދޭ ގޮތަށެވެ.
ބަލަގަ މައުމޫނު އެވެ. އައްޑޫ މީހުންނަކީ ވަޠަނީ ބައެއްކަން މިފަހަރު ދައްކާލާނަމެވެ
